ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރަން، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެމަސައްކަތް ކުރުމަށްޓަކައި ވިލާއެއާއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ނިންމެވި ގޮތަށް ކާޑެއްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެތަނާ ހަވާލުވެ އޮތް، ވިލާ އެއާއާ ހަވާލުކޮށްގެން ނުވަތަ ސަރުކާރުންތޯ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މުހިންމީ ވަކި ފަރާތަކުން އެއާޕޯޓް ހިންގުން ނޫން ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމަށް އެކަށައަޅާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވަނީ ގދ. ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫގައި މުޅިން އާ އެއާޕޯޓެއް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރެއްވުމަށެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ ބަދަލުގައި، ދެ ރަށް ބުރިޖުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ އިރު، ސަރުކާރުން ފުރަތަމަ ނިންމީ، ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށް ތިނަދޫގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމަށެވެ.
އިބްރާހިމް ޒަކީ
ކާޑެއްދޫ އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓް