ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލީ، ސަރުކާރުން އެތަން ތަރައްގީކުރަން ބޭނުންވާތީ ކަމަށް ވިލާ ކުންފުނީގެ ޗެއާމަން، ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް ވިދާޅުވީ، ވިލާ ގްރޫޕުން ކާޑެއްދޫ އެއާޕޯޓު އިންޓަރޭޝަނަލް ކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ އެންމެ ފަހުގެ މަރުހަލާތަކުގައި ވަނިކޮށް، ސަރުކާރުން ކާޑެއްދޫ، ސަރުކާރަށް ދޫކޮށްލެވޭނެ އޮތީ ކޮން ގޮތެއްތޯ ސާފުކުރި ކަމަށެވެ. އަދި އެ ގޮތް ސަރުކާރަށް ބުނެދީ ދެ ފަރާތުން އެއްބަސްވުމުން އެއީ، އެންމެ ފައިދާ ބޮޑު ގޮތަށްވެފައި ކާޑެއްދޫ އެއާޕޯޓު އަވަހަަށް ތަރައްގީކުރުމަށް ބޭނުންވާތީ އާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާތީ އެ އެއާޕޯޓު ސަރުކާރަށް ދޫކޮށްލީ ކަމަށެވެ.
ގާސިމް ވަނީ ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމުން ނުހައްގު ބަދަލެއް ދޭން އުޅޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައިފައެެވެ. ގާސިމް ސިފަކުރެއްވި ގޮތުގައި ޔާމީނަކީ ވިލާ ގްރޫޕަށް އަބަދުވެސް "އަދާވާތްތެރިކަން" ބާއްވާ ބޭފުޅެކެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކާޑެއްދޫގެ އެއްބަސްވުން ބާތިލްކޮށް ވިލާގެ އެކައުންޓްތައް ފްރީޒްކުރިކުރުން ފާހަގަކުރެއްވިއެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. ނަމަވެސް އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް ދެމެހެއްޓުމުން، އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރީ މާޗު 2022ގަ އެވެ.
އިކޮނޮމިކް ކައުންސިލުން ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ، ގާސިމް އެކްސްގައި ހާމަކުރެއްވިއިރު، އޭގައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ ޓެކްސް ފައިސާ 18 މަސް ދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށެވެ.
އަލީ ޔާމިން
އެމެރިކާ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި
އޭއައި
ދައުލަތުގެކަންކަމުގައި ތަފާތުކޮށް ވަަކިމީހަކަށްލުޔެއްދޭކަށްނުޖެހޭނެއެވެ
އިއްބެ - 10 މަސް ކުރިން