ޖަރުމަނުގެ އާ ޗާންސެލަރު ފްރައިޑްރިޒް މާޒްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ އާ ޗާންސެލަރަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް އެކުވެރިކަމަކީ އަގުހުރި އެކުވެރިކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ޖަރުމަނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.
ޖަރުމަނަކީ ރާއްޖެއިން އެންމެ ފުރަތަމަ ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން ރާއްޖެއާއި ޖަރުމަނާ ދެމެދު ޑިޕޮޮލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު