ދެކުނު އޭޝިއާގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ މަޝްހޫރު އެވޯޑްސް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ 9 ވަނަ އެޑިޝަންގެ އިވެލުއޭޝަން މަރުހަލާ ސްރީލަންކާގެ ކޮލޮމްބޯގައި ރަސްމީކޮށް ފަށައިފި އެވެ.
މި އިވެލުއޭޝަންތަކުގައި ތިން މެންބަރުންގެ ޖޫރީ ޕެނަލެއް މޭ 6 އިން 11 އަށް ސްރީލަންކާގެ ނޮމިނީސްތައް އިވެލުއޭޓް ކުރާނެ ކަމަށް ސަޓާއިން ބުނެއެވެ. އޭގެ ފަހުން އިންޑިއާގެ ބެންގަލޫރު، ނިއު ދިއްލީ، ނޭޕާލްގެ ކަތަމަންޑޫ، ބޫޓާންގެ ޕާރޯ، ބަންގްލަދޭޝްގެ ޑާކާގެ އިތުރުން ރާއްޖޭގައިވެސް އިވެލުއޭޝަންތައް ކުރިއަށްދާނެ ކަމަށް ސަޓާއިން ބުނެއެވެ.
ސަޓާ އެވޯޑްސްގައި ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން އެކި ޚިދުމަތްތަކާއި އާ އީޖާދުތައް ފާހަގަކުރެ އެވެ. މިދިޔަ 8 އަހަރުގެ ތެރޭގައި ސަޓާ ވަނީ ދެކުނު އޭޝިއާގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ މުހިންމު އެވޯޑްސްގެ ގޮތުގައި ފާހަގަ ވެފައެވެ.
ސަޓާ 2025ގެ ގާލާ ހަފުލާ އޮންނާނީ ސެޕްޓެމްބަރު 19-20 ގައި ސްރީލަންކާގެ ނެގަމްބޯގައެވެ. މި އިވެންޓްގައި އިންޑަސްޓްރީގެ އިސް ފަރާތްތަކާއި، ސަރުކާރުގެ ބޭފުޅުންނާއި، ބައިނަލްއަގުވާމީ މީޑިއާ ބައިވެރިވާނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް www.southasiantravelawards.com އަށް ޒިޔާރަތްކުރެވިދާނެއެވެ.
ސަޓާ
ސަޓާ
ސަޓާ