މާލޭގައި މީހަކަށް ވަޅިއަކުން ހަމަލާދީ، ޒަހަމުކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ 8:35 ހާއިރު ސުބްދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހަމަލާގައި ޒަހަމުވެފައިވާ މީހަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް