ޗައިނާއިން ރާއްޖެއަށް ސާފިރަކު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހުއާ ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުއްވައިފައެވެ.

ޗާއިނާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައެޅުއްވީ އެ މަގާމުގައި ހުންނެވި ވަން ލިޒިންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

05 އެޕްރީލް 2025، ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ކޮންގް ޝިއަންހުއާއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން މިއަދު ބުނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ކޮންގް ޝިއަންހުއާއާއި ރައީސްއާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށެވެ.

އެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ރާއްޖޭގެ ބޭނުންތަކަށް ޗައިނާއިން އެހީތެރިކަން ދިނުމާ ގުޅޭގޮތުން ވާހަކަދެކެވުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.