ތައުލީމީ ދާއިރާގައި ހުއްޓިފައިވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އަލުން ފެށުމަށް ދައްކަންޖެހޭ 260 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުގައި ރަށްރަށުގައި ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވަނީ ފައިސާ ނުދައްކާ އޮތުމުން ކަމަށެވެ.
ސަރުކާރު ބަދަލުވީ އިރު، ސްކޫލްތަކުގެ އުމްރާނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދައްކަންޖެހޭ 280 މިލިޔަން ރުފިޔާ އޮތް ކަމަށާއި އޭގެ ތެރެއިން މިހާރު ނުދައްކާ ހުރީ 17 މިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ލަސްވާނަމަ، ކުންފުނި ޓާމިނޭޓްކޮށް، މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްގެން ވެސް ދެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެގޮތަށް ބައެއް ސްކޫލްތަކުގެ ހުއްޓިފައިވާ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް