ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓްލޮޖިސްޓް އަޒީމާ އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"6، 7'، އަދި 8 ގައިވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ. ވައިވެސް މިއަދަށް ވުރެ ތަންކޮޅެއް ގަދަވެދާނެ މާދަމާގެ ހިސާބުގައި. ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ،" އަޒީމާ ވިދާޅުވިއެވެ.
މެޓް އޮފީހުގެ މިއަދު މޫސުން ދައްކާ ގޮތުން ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ވާރޭވެހުން އެކަށީގެންވެއެވެ.
އެގޮތުން ގދ. އަތޮޅުން ފެށިގެން އައްްޑޫ ސިޓީއަށް މިއަދުގެ ވަނީ ހުދު ސަމާލު ނެރެފައެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް