1962 ވަނަ އަހަރު ގެއްލުނު އަންހެނަކު ފެނިއްޖެއެވެ،
މީގެ 63 އަހަރު ކުރިން އެމެރިކާގެ ސްޓޭޓަކުން ގެއްލުނު އެމީހާ ފެނިފައިވަނީ އެގައުމުގެ ވިސްކޮންސިން ސްޓޭޓުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތަކުން ހިންގި ހާއްސަ ހަރަކާތެއްގައެވެ.
އުމުރުން 20 އަހަރުގައި، 1962 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ގެއްލުނު އައުޑްރޭ ބެކްބާގް ނަމަކަށް ކިޔާ އެ އަންހެން މީހާ ގެއްލިފައިވަނީ އެމެރިކާގެ ރީޑްބާގް ސިޓީއިންނެވެ.
މިހާރު އުމުރުން 82 އަހަރުގެ އައުޑްރޭ އޭރު ގެއިން ނުކުމެގެން ފިލައިގެން ދިއުމުގެ ކުރިން އޭނާގެ އޭރުގެ ފިރިމީހާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އައުޑްރޭ ރީޑްބާގްގެ ފުލުހުންނަށް އޭރު ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އޭނާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާކަން ފާހަގަކޮށްފައެވެ.
މައްސަލަ ހުށަހެޅުމަށްފަހު އައުޑްރޭ ފިލައިގެން ދިއުމުން އޭރު ފުލުހުން ވަނީ އެމައްސަލަ ނުބަލައި މަޑުޖައްސާލާފައި ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ވިސްކޮންސިންގެ ފުލުހުންގެ އޮފިޝަލުން ވަނީ އައުޑްރޭ މިހާރު އެސްޓޭޓްގައި ދިރިއުޅެމުން ދާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ