މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ސްޓޭބަލް ކަމަށާއި ނަމަވެސް އޭނާ އަދިވެސް އޮތީ ޝޮކެއްގެ ތެރޭގައި ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.
ޔުމްނުއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ، މިދިޔަ މަހު 26 ގައެވެ.
ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން "އެކްސް" ގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ޔުމްނު ހޭ އަރާފައިވާ ކަމަށާއި މިހާރު ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް އަދިވެސް ޔުމްނުއަށް ފަރުވާދެނީ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.
މުއުމިން ބުނި ގޮތުގައި ޔުމްނުއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އަދި ފީޑިން ޓިއުބް ވެސް ނަގައި މިހާރު ހިމުންކޮށްގެން ކާތަކެތި ކެވޭ ކަމަށް އޭނާ ބުންޏެވެ.
"ޔުންމުގެ ދެން އޮންނަ ސާޖަރީ އޮތީ އަންގާރަ ދުވަހު. އެއީ ހިޕް އަށް ލިބިފައި ހުރި ގެއްލުންތައް ރަނގަޅުކުރަން ކުރާ ސާޖަރީއެއް،" މުއުމިން ބުންޏެވެ.
ޔުމްނު ވެއްޓުނު އިރު، ހ. ފެންޓެނޯއީގޭގައި ޔުމްނުއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ އެ ދެ މީހުންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު