ބޮލީވުޑްގެ މަޝްހޫރު ތަރި ތާޕްސީ ޕަންނޫ "ހަސީން ދިލްރުބާ" ގެ ތިންވަނަ ބައިގައި ފެންނާނެ ކަމަށް އިއުލާންކޮށްފިއެވެ. މިއީ ނެޓްފްލިކްސްގެ މަޝްހޫރު ތްރިލާ ފިލްމު ސީރީސްއެކެވެ.
މިޑްޑޭއިން ހާމަކުރި ގޮތުގައި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވަނީ ފަށައިފައެވެ. ފިލްމުގެ ލަވް ސްޓޯރީއަށް ބައެއް އިތުރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. މި ފިލްމު އެންމެ ފުރަތަމަ ނެޓްފްލިކްސްގައި ދެއްކީ 2021 ގައެވެ. އަދި ދެވަނަ ބައި ރިލީޒްކުރީ 2024 ގެ އޯގަސްޓު މަހުގައެވެ.
ތިންވަނަ ބައި އިތުރަށް ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފައެވެ.
ތާޕްސީ ވަނީ "ގަންދާރީ" ފިލްމުގެ މަސައްކަތް ނިންމައިފައެވެ. އަދި އޭނާ މިހާރު މަސައްކަތްކުރަނީ "މުލްކް 2" ގައެވެ.
"ހަސީން ދިލްރުބާ" އަކީ ކުޑަ ރަށެއްގެ ވާހަކައާއި، ލޯބީގެ ވާހަކައާއި، ހައިރާންކުރުވަނިވި ޓްވިސްޓްތައް ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ތިންވަނަ ބައިގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ