ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރް އޭނާގެ އަންނާން އޮތް ފިލްމަކަށް 17 ކްރޯޑު ރުޕީސް ޗާޖުކުރާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ. މިއީ އޭނާ ކުރީން ފިލްމުތަކަށް ނަގާ ފީއަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
ބޮލީވުޑް ހަބަރުތަކުގައިވާ ގޮތުގައި މި ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ އަދި ރާހީ އަނިލް ބާވޭ ޑައިރެކްޓްކުރާ ތްރިލާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅެވެ. މި ފިލްމުން އޭނާއަށް 17 ކްރޯޑު ރުޕީސްގެ އިތުރުން ފިލްމުގެ ފައިދާއިން ޕަސެންޓޭޖެއްވެސް ލިބޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
މިއީ އަންހެން ތަރިޔަކަށް ދޭ އެންމެ ބޮޑެތި ފީތަކުގެ ތެރެއިން އެއް ފީއެވެ.
ޝްރައްދާގެ ފަހުގެ ފިލްމު "ސްޓްރީ 2" ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ. "ސްޓްރީ 2" ގެ ކާމިޔާބީއާ ގުޅިގެން އެފިލްމުގެ ބަތަލު ރާޖްކުމާރު ރާއޯ ވެސް ވަނީ އޭނާގެ ފީ 5 ކްރޯޑު ރުޕީސްއަށް އިތުރުކޮށްފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ