އެ މަނިކުފާނު ވައުދުވި މަޝްރޫއުތައް ދައުރު ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ކޮށްދެއްވުމަށް ކަމަށާއި ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ފާހަގަކުރައްވައި ރައީސް ވަނީ މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ވައުދެއް ވަނީ އެކަން ކުރާނެ ގޮތް އެނގިވަޑައިގެން ކަމަަށާއި އެކަން ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
ރައީސް ވަނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފޮތެއްގެ ސިފައިގައިވެސް ލިޔުއްވައިފައެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު