ކުރިން ސްޕެއިން ކޯޗުކަމުގައި ހުރި ހޫލިއަން ލޮޕެޓެގީ، އަނެއްކާވެސް ގައުމީ ޓީމެއްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ސްޕެއިންގެ އެކިއެކި އުމުރުފުރާތަކުގެ އިތުރުން ރެއާލް މެޑްރިޑާއި ސެވިއްޔާ އަދި ވެސްޓް ހޭމްއާއި ވުލްވްސްގެ ކޯޗުކަންވެސް ކުރިން ކުރި ލޮޕެޓެގީ މިފަހަރު ހަވާލުވީ ގަތަރުގެ ކޯޗުކަމާއެވެ. ލޮޕެޓެގީ ގަތަރު ކޯޗުކަމާ ހަވާލުވިކަން އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ލޮޕެޓެގީ މަގާމާ ހަވާލުވީ ކުރިން ގަތަރުގެ ކޯޗުކަމުގެ މަގާމުގައި ހުރި ލުއިސް ގާސިއާ މަގާމުން ދުރު ކުރުމުންނެވެ. ލުއިސް ގާސިއާ ގަތަރުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ފަހުކޮޅުގައި ކުވައިތުގައި އޮތް ގަލްފް ކަޕާ ދިމާކޮށެވެ.
އުމުރުން 58 އަހަރުގެ ލޮޕެޓެގީ އެންމެފަހުން ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދިނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ފެށުމާ ހަމައަށެވެ. އެއީ ސްޕެއިނަށެވެ. އެފަހަރު ވޯލްޑް ކަޕަށް ސްޕެއިން ނުކުންނަން އޮތީ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ނަމަވެސް، ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް، އޭނާ މަގާމުން ދުރުކުރިއެވެ.
އެއީ ރެއާލް މެޑްރިޑުން، ކުރިއަށް އޮތް ސީޒަނަށް ލޮޕެޓެގީ ކޯޗުކަމަށް ގެންދަން ނިންމާފައިވާ ކަމަށް ކުރީބައިގައި އިއުލާނުކުރުމުންނެވެ.
އޭގެފަހުން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކޯޗުކަން ކޮށްދިން ލޮޕެޓެގީ، ވެސްޓް ހޭމްގެ ކޯޗުކަމުން ވަކުކުރީ ޖެނުއަރީ މަހުގައެވެ. އެއީ ހަމަަސް ދުވަހު އެ ކްލަބަށް އިރުޝާދު ދިނުމަށްފަހުއެވެ.
ޤަތަރު
ޤަތަރު
ޤަތަރު
ޤަތަރު