މަޝްހޫރު ކަޕޫރު އާއިލާގެ މެންބަރު ރިދިމާ ކަޕޫރު ސަހްނީ ފުރަތަމަ ބޮޑު ސްކްރީން ފިލްމުގެ ޝޫޓިން ފަށައިފިއެވެ. މިއީ އޯޓީޓީ ޕްލެޓްފޯމްގައި ފެނުނު "ފެބިއުލަސް ލައިވްސް ވަރސަސް ބޮލީވުޑް ވައިވްސް" އަށްފަހު އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.
ރިދިމާ ބުނެފައިވަނީ މިހާރު ފިލްމުގެ ޝޫޓިން ކުރިއަށްދަނީ ފަރުބަދަމަތީ ސަރަހައްދެއްގައި ކަމަށާއި، ޝޫޓިން ނިމޭނީ އަންނަމަހު ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ކަޕިލް ޝަރްމާ އަދި ނީތޫ ކަޕޫރް ވެސް މި ފިލްމުގައި ބައިވެރިވާނެއެވެ.
ރިދިމާ ބުނެފައިވަނީ އޭނާގެ އާއިލާއިން ވަނީ މި ފިލްމަށް ފުރިހަމަ އެއްބާރުލުން ދީފައި ކަމަށެވެ. އަދި އޭނާގެ މަންމަ ނީތޫ އާއެކު ކޮންމެ ދުވަހަކު ސްކްރިޕްޓް ރިހާސަލްކުރާ ކަމަށްވެސް ބުނެފައިވެއެވެ. ރިދިމާ އިތުރަށް ބުނެފައިވަނީ މި ފިލްމުގައި ބައިވެރިވުމަކީ ކުރިން ރާވާފައިވާ ކަމެއް ނޫން ކަމަށެވެ.
ރިދިމާއަކީ ރިޝީ ކަޕޫރުގެ ދަރިފުޅެވެ. ރަންބީރު ކަޕޫރުގެ ދައްތައެވެ. މި ފިލްމާއެކު ރިދިމާ ވަނީ ކަޕޫރު އާއިލާގެ ލެގަސީ ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ