އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ.

އެ ހޮސްޕިޓަލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެންއައިސީޔޫއިން ފެނިފައިވަނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ކަމަށެވެ.

އެ ބެކްޓީރިއާއަކީ ބަލި މީހުންނަށް ފަރުވާދޭ ތަންތަނުގައި ބައެއް ފަހަރު އުފަންވާ ބެކްޓީރިއާއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އަދި އެއީ އާންމު އެންޓި ބަޔޮޓިކަށް ނުގުޑާ ނުރައްކާތެރި އިންފެކްޝަނަަކަށް މަގު ފަހިވާ ބެކްޓީރިއާއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެ ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް އަދި ސިއްހީ ފަރުވާދޭ މީހަކު ބަލިވެފައިނުވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.