ގޫގުލްއިން ޖެމިނައި އެޕަށް އާ އޭއައި އިމޭޖް އެޑިޓިން ފީޗާތަކެއް ތައާރަފުކޮށްފިއެވެ. މި ފީޗާތަކުގެ ސަބަބުން މޮބައިލް ފޯނުގައި ފޮޓޯ އެޑިޓްކުރުމާއި ފަހަތުގެ މަންޒަރު ބަދަލުކުރުން ފަދަ ކަންތައްތައް ފަސޭހައިން ކުރެވޭނެއެވެ.

މި ފީޗާ މެދުވެރިކޮށް އޭއައި އުފައްދާ އިމޭޖުތަކާއި ފޯނުން އަޕްލޯޑްކުރާ އިމޭޖުތައް އެޑިޓްކުރެވޭނެ އެވެ. އަދި 45 އަށްވުރެ ގިނަ ބަހުން މި ފީޗާ ބޭނުންކުރެވޭނެއެވެ. ޓެކްސްޓް ޕްރޮމްޕްޓް ބޭނުންކޮށްގެން އެޑިޓްކުރެވޭ މި ފީޗާގައި، އެޑިޓްކުރާ އިމޭޖުތަކުގައި ނުފެންނަ ވޯޓާމާކެއް ހިމެނޭނެއެވެ.

ގޫގުލްއިން ބުނެފައިވަނީ މި ފީޗާ މިހާރު ޖެމިނައި އެޕްގެ ޔޫޒަރުންނަށް ލިބެން ފަށާފައިވާ ކަމަށެވެ. އަދި އަންނާން އޮތް ތާނުގައި ފެންނަ ވޯޓާމާކެއްވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.