ކޭން ފިލްމު ފެސްޓިވަލް އާއި ކެރިންގއިން މަޝްހޫރު ތަރި ނިކޯލް ކިޑްމަންއަށް "ވިމެން އިން މޯޝަން" އެވޯޑް ދޭން ނިންމައިފިއެވެ. މިއީ ސިނަމާ އާއި މުޖުތަމައުހެ ކުރިއެރުމަށް މަސައްކަތްކުރާ އަންހެން ފަންނާނުންނަށް ދޭ އެވޯޑެކެވެ.
އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 18 ގައެވެ. ނިކޯލަށް މި އެވޯޑް ދޭން ނިންމާފައިވަނީ އަންހެން ޑައިރެކްޓަރުންނާއެކު މަސައްކަތްކުރަން އޭނާ ކުރާ މަސައްކަތްތަކަށް ބަލައިގެންނެވެ. ނިކޯލު ވަނީ ވިއްސަކަަށް އަންހެން ޑައިރެކްޓަރުންނާއެކު މަސައްކަތްކޮށްފައެވެ.
ކެރިންގގެ ސީއީއޯ ފްރާންސުއާ-ހެންރީ ޕިނޯލްޓް ވަނީ ނިކޯލުގެ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ. މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ނިކޯލު ވަނީ ބުނެފައެވެ.
މީގެ ކުރިން މި އެވޯޑް ލިބިފައިވާ ތަރީންގެ ތެރޭގައި ޖޭން ފޮންޑާ، ވިއޯލާ ޑޭވިސް އަދި މިޝެލް ޔޯ ފަދަ ތަރިން ހިމެނެއެވެ.
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ބޭރު ކުޅިވަރު
އެސްޓީއޯ