"ދަ ޓްރެވަލް ގައިޒް" އިން "ޓްރެވަލިއުޝަން" މަޖައްލާގެ ހަތަރުވަނަ އަދަދު ރަސްމީކޮށް ނެރެފިއެވެ. މި އަދަދު ނެރެފައިވަނީ ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް 2025 ގައެވެ.
މި އަދަދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަތަކާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ "އެންމެ ރަނގަޅު" ކަންތައްތައް ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ ވާހަކަތައްވެސް ހިމަނާފައިވެއެވެ.
އޯގާ އާޓް ރިސޯޓަކީ މި އަދަދުގެ ޓައިޓަލް ޕާޓްނަރެވެ. ދަ ސްޓޭންޑަޑް، ހުރުވަޅި މޯލްޑިވްސް އަދި ސަމަރ އައިލެންޑް މޯލްޑިވްސްއަކީ ގޯލްޑް ޕާޓްނަރުންނެވެ.
މި އަދަދުގެ ފީޗަޑް ޕާސަނަލިޓީއަކީ މަޝްހޫރު މަސްވެރިޔާ މުހައްމަދު އަލްމާސް އެވެ. އޭނާގެ ހަމަހިމޭން ހުނަރުވެރިކަމާއި ކަނޑާ އޮންނަ ގާތް ގުޅުން މި އަދަދުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދައިގެ ވާހަކަތައްވެސް ހިމަނާފައިވެއެވެ.
"ޓްރެވަލިއުޝަން" މަޖައްލާއިން މަސައްކަތްކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި، އާ ވިސްނުންތައް އުފެއްދުމަށް ކަމަށް އެ މަޖައްލާއިން ބުނެއެވެ. އެ ގޮތުން މި އަދަދުގައި ހިމަނާފައިވާ ލަގްޒަރީ ރިސޯޓުތަކުގެ ވާހަކަތަކުން ރާއްޖޭގެ މެހެމާންދާރީގެ ސިނާއަތުގައި އަންނަ ކުރިއެރުންތައް ފެންނާން ހުރެއެވެ.
"ދަ ޓްރެވަލް ގައިޒް" ގެ މެނޭޖިން ޑިރެކްޓަރު، ފަރާތު މުހައްމަދު ބުނެފައިވަނީ މި މަޖައްލާގެ މަގުސަދަކީ ރާއްޖޭގެ ހަގީގީ ވާހަކަތައް ކިޔައިދިނުމާއި، ރާއްޖޭގެ ހާއްސަކަން ފާހަގަކުރުން ކަމަށެވެ.
މިންހާ ފާއިޒް ރަޝާދު
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް