މަރުކަޒީ ބޭންލް (އެމްއެމްއޭ)ގެ ޑިޕިއުޓީ ގަވރުނަރުގެ މަގާމަށް، ގ. ސިލްވަރުގެ އާގެ އާއިޝަރު އަސްނާ ހަމްދީގެ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އޭނާ ޑިޕިއުޓީ ގަވަރުނަރަކަށް އައްކަން ކުރެއްވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީފުޅުގައި ވަނީ، އަސްނާގެ ނަން މަޖިލީހަށް ހުށަހަޅުއްވައި މަޖިލީހުން ނިންމަވާ ގޮތެއް މަޖިލީހަށް އަންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސަކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އަސްނާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އޭނާ އަދާ ކުރެއްވިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.