ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު)ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
ޑީއެފްއާރުގެ ބިބް އެކްސްޕޯ ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުވައްމުލަކު ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައެވެ.
ބިބް އެކްސްޕޯ މިއަދު ކުރިއަށްދާ ވަގުތުތައް:
- މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ބިބް އެކްސްޕޯގެ މާދަމާގެ ވަގުތުތައް:
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ބިބް އެކްސްޕޯގެ ބުރާސްފަތި ދުވަހުގެ ވަގުތުތައް:
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް
ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށާއި ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ފުވައްމުލަކު ސިޓީގައެވެ.
ޑީއެފްއާރު 2025 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dfr.mv އަށް ޒިޔާރަތްކުރުމަށް ދިރާގުން އެދެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު