ބޮލީވުޑްގެ "ބާދްޝާ" ޝާހުރުކް ޚާންގެ އަންނާން އޮތް ފިލްމު "ކިންގް" ގައި ދީޕިކާ ޕަދުކޯން ބައިވެރިވާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ. މިއީ ސިދާތް އާނަންދް ޑައިރެކްޓްކުރާ އެކްޝަން ތްރިލާ ފިލްމެކެވެ.
ބޮލިވުޑް ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ދީޕިކާ އަދާކުރާނީ ވަރަށް މުހިންމު ރޯލެކެވެ. އެއީ ސުހާނާގެ މަންމަގެ ރޯލުކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ ނަމަވެސް އޭނާ މި ފިލްމުގައި މަސައްކަތްކުރާނީ ބާރަ ވަރަކަށް ދުވަހު ކަމަވެސް ބައެއް ހަބަރުތައް ބުނެއެވެ. ފިލްމުގައި އަބީޝެކް ބަޗަން، ސުހާނާ ޚާން، އަބޭ ވަރްމާ، އަރްޝަދް ވާރްސީ އަދި ޖައިދީޕް އަހްލަވާޓް ފަދަ ތަރިން ބައިވެރިވާނެ އެވެ.
މީގެ އިތުރުން، އަމިތާބް ބަޗަން ވެސް މި ފިލްމުގައި ބައިވެރި ވެދާނެ ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމުގެ މިއުޒިކް ކޮމްޕޯޒްކުރާނީ ސަޗިން-ޖިގަރ އެވެ. ބެކްގްރައުންޑް ސްކޯރ ކޮމްޕޯޒްކުރާނީ އަނިރުދް އެވެ.
"ކިންގް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން