އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.
މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
އައިއައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސަށް އަރުވާފައިވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ.
އެ ޝަރަފު ރައީސަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ.
މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ ވިދާޅުވީ ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ޔުނިވާސިޓީއަށް ލިބުނު ޝަރަފެއް ކަމަށެވެ.
އައިއައިޔޫއެމުން 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން މަތީ ތައުލީމު ކިޔަވަމުން އަންނައިރު އެ ޔުނިވާސިޓީން މިހާތަނަށް 380 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ ގްރެޖުއޭޓުވެފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު