މެލޭޝިއާގައި އުޅޭ ދިވެހީންނަށް އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި އެ ހިދުމަތް ފެށުމުގެ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ޕާސްޕޯޓާއި އައިޑީކާޑެއް އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްދެއްވައިފައެވެ.
މެލޭޝިއާގައި އުޅޭ ދިވެހީންނަށް އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކު، މިއީ ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހާއްސަ ދަރިވަރުންގެ ޖަމިއްޔާ ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެ ޖަމިއްޔާއަށް ސަރުކާރުގެ ބަޖެޓުން އަހަރަކު 3000 ޑޮލަރު ޖަމާކުރާނެ ކަމަށް ރައީސް ވަނީ އިއުލާންކުރައްވައިފައެވެ.
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ