ބޮލީވުޑް ތަރި ސިދާތް މަލޯތްރާ ބައިވެރިވާ އާ ފިލްމެއްގެ ލީޑް އަންހެން ރޯލަށް ސްރީލީލާ ނުވަތަ އަނަންޔާ ޕާންޑޭ ހޮވައިފާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ. މަހާވީރު ޖައިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ފްރެންޗައިޒްއަކަށް ވުމުގެ ފުރުސަތު އޮތް ފިލްމެކެވެ.
ފިލްމު އިންޑަސްޓްރީގެ އިސް ފަރާތަކުން ބުނެފައިވަނީ މި ފިލްމުގެ ލީޑް ފިރިހެން ރޯލު ކަނޑައަޅާފައިވާ ކަމަށެވެ. މިހާރު ސްރީލީލާ އަދި އަނަންޔާ ޕާންޑޭއާ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. އަނަންޔާ ވަނީ "ކޭސަރީ ޗެޕްޓަރ 2" ގައި ފާހަގަކޮށްލެވޭ ރޯލެއް އަދާކޮށްފައެވެ. އަދި ސްރީލީލާ ވަނީ "ޕުޝްޕާ 2" ގެ "ކިސިކް" ލަވައިން މަޝްހޫރު ވެފައެވެ.
ކުރީގެ މައުލޫމާތުތަކަށް ބަލާއިރު، މި ފިލްމު ޑައިރެކްޓްކުރާނީ ރާޖް ޝާންޑިލްޔާ އެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުގައެވެ. ސިދާތް މަލޯތްރާ އަންނަނީ "ޕަރަމް ސުންދަރީ"، "ވްވާން" އަދި "ރޭސް 4" ފަދަ ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ