އެޑޯބީއިން އެކްސްޕްރެސް ޕްލެޓްފޯމަށް އާ އޭއައި ފީޗާތަކެއް ތައާރަފުކޮށްފިއެވެ. މި ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

  • ކްލިޕް މޭކަރ: ދިގު ވީޑިއޯތަކުން ހިއްސާކުރެވޭވަރުގެ ކުރު ކްލިޕްތައް އުފެއްދުން
  • ޖެނެރޭޓް ވީޑިއޯ: ޓެކްސްޓް ނުވަތަ ފޮޓޯއަކުން ބެކްގްރައުންޑް ވީޑިއޯ އުފެއްދުން
  • އެންހޭންސް ސްޕީޗް: އޯޑިއޯއިން ބެކްގްރައުންޑް އަޑު ނައްތާލުން
  • ވީޑިއޯ ސެލްފް-ރެކޯޑް: އެޕް ތެރެއިން ސީދާ ވީޑިއޯ ރެކޯޑުކުރުން
  • ޑްރޮޕް ޒޯން އަދި ސީން ވިއު: އެޑިޓިންގ ފަސޭހަކުރުން
  • ވިމިއޯ އިންޓެގްރޭޝަން: ސީދާ ވިމިއޯއަށް ޕަބްލިޝްކުރުން

މީގެ އިތުރުން، ޑައިނަމިކް އެނިމޭޝަން އަދި ޖެނެރޭޓް ސިމިލަރ ފަދަ ފީޗާތަކާއި، 30 އާ ފިލްޓަރ ވަނީ ތައާރަފުކޮށްފައެވެ. މި ފީޗާތަކަކީ އާންމު ޑިޒައިނަރުންގެ އިތުރުން، މާކެޓިން އަދި ސޭލްސް ޓީމުތަކަށްވެސް ބޭނުންކުރެވޭނެ ފީޗާތަކެކެވެ.

އެޑޯބީ އެކްސްޕްރެސްގެ ބިޒްނަސް ބޭނުންކުރާ ފަރާތްތައް %50 އިތުރުވެފައިވާ ކަމަށާއި، ދަރިވަރުންގެ ބޭނުންކުރުން %85 އިތުރުވެފައިވާ ކަމަށް އެޑޯބީން ބުނެފައިވެއެވެ. މި ފީޗާތައް މިހާރު ވެބް ވަރޝަންގައި ލިބެން ހުންނާނެއެވެ.