އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާ މައްސަލައިގައި އުފެދިފައިވާ ސުވާލުތަކަކަށް ޖަވާބު ހޯދުމަށް ދެ މިނިސްޓަރަކާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މީކާއިލް ސުވާލު ކުރަން ބޭނުންވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންތް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއެވެ.
އިހުސާންއާ ކުރަން ހުށަހަޅާފައިވާ ސުވާލަކީ ޔުމްނާ ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާ ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރުކުރީ ކީއްވެތޯ އާއި އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯއެވެ.
އާއިޝަތު ޝިހާމާ ކުރަން ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމްކަމަކަށްވާއިރު، ޔުމްނާ ވެއްޓުނު މައްސަލައިގައި އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައީ ކީއްވެތޯއެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ފުލުހުންގެ ތަހުގީގާމެދު އާންމުން ކަންބޮޑުވަމުންދާތީ އެ ތަހުގީގުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލުމަށް ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އިންވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މިހާރު ފުރާލަށް މީހަކު ވެއްޓޭއިރަށް މަޖީލާހައް ވަޒީރުން ހާޒިރު ކުރަންޖެހޭ ހިސާބަށް ގައުމު ހިގައްޖެ ވަރަށް ހެއްވާކަމެއް ކީކޭބުނާނީ
ގަލަން - 1 އަހަރު ކުރިން