އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގައި އެކި ކަހަލަ ތުހުމަތު އަމާޒުވެފައިވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ސަސްޕެންޑްކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިޒްދިޔާން މުހައްމަދު މައުމޫން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ރައީސްގެ މަގާމުންވެސް އޭނާ ވަކިކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.
ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީން އޭނާ ވަކިކުރީ އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުންނެވެ.
އިޒްދިޔާން މަގާމުން ވަކިކޮށް، ދާއޫދު މަގާމުން ސަސްޕެންޑް ކުރި އިރު، ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައާ ގުޅިގެން ގިނަ ބަޔަކު އެ ދެ މީހުން މަގާމުން ވަކިކުރަން ގޮވާލާއި ރޭ ވަނީ މުޒާހަރާކޮށްފައެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް