ޖެކުލިން ފެނާންޑޭޒްގެ މަންމަ ކިމް ފެނާންޑޭޒްގެ ހަނދާނުގައި ބާލީގާއި ބަގީޗާއެއް ހަދިޔާކޮށްފިއެވެ. ޖެކުލިންގެ މަރުވެފައިވާ، މަންމަގެ ހަނދާނުގައި މި ބަގީޗާ ހަދިޔާ ކުރީ ޖަލުގައި ހުރި ކޮންމޭން ސުކޭޝް ޗަންދްރަޝޭކަރު އެވެ. ސުކޭޝް އަކީ ޖެކުލިންގެ ރައްޓެއްސެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ކިމް ފެނާންޑޭޒް މަރުވީ އޭޕްރިލް 6 ގައެވެ. ސުކޭޝް ވަނީ ޖެކުލިންއަށް ސިޓީއެއް ފޮނުވައި، ބާލީގައި ހަދާފައިވާ ބަގީޗާއެއް ހަދިޔާކުރި ކަމަށް ބުނެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބަގީޗާގެ ނަމަކީ "ކިމްސް ގާޑަން ބައި ޖެކުލިން ފެނާންޑޭޒް" އެވެ. މި ބަގީޗާގައި ހުރީ ކިމް އަށް އެންމެ ކަމުދިޔަ މާތަކެވެ.
ސުކޭޝް ބުނެފައިވަނީ މިއީ އީސްޓަރ ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެއް ކަމަށެވެ. އަދި ވެޓިކަންގައި ހާއްސަ އީސްޓަރ މިސްއެއް ބޭއްވުމަށް ވެސް އިންތިޒާމުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ސުކޭޝް ސިޓީގައި ބުނެފައިވަނީ ކިމް އަލުން އުފަން ވާނީ އޭނާއާއި ޖެކުލިންގެ ދަރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ޖެކުލިންގެ ބައްޕައާއެކު މި ބަގީޗާއަށް ޒިޔާރަތްކުރުމަށް ވެސް އެދިފައިވެއެވެ. ސުކޭޝް ބުނެފައިވަނީ ކިމްގެ ރޫހު މި ބަގީޗާގައި އިހުސާސްކުރެވޭނެ ކަމަށެވެ.
މި ސިޓީގެ ފޮޓޯއެއް ރެޑިޓްގައި ހިއްސާކޮށްފައިވެއެވެ. ސުކޭޝްއަކީ ކުރިން ވެސް ޖެކުލިންއަށް ބޮޑެތި ހަދިޔާތައް ދީފައިވާ މީހެކެވެ.

އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ