ކަޝްމީރުގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 26އަށް އަރައިފިއެވެ.
ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ފަރުތުވެރީންނަށް އަމާޒުކޮށް ދިން އެ ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގައި މިހާތަނަށް 26 މީހަކު މަރުވެފައިވާއިރު ހަމަލާ ދިންކަމަށް ބުނެ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕު ދަ ރެސިސްޓެސް ފްރޮންޓުން ބަޔާނެއް ނެރެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަޝްމީރުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕަހަލްގަމް ސަރަހައްދަށް ދިން އެ ހަމަލާގައި ބަޑިޖަހާފައި ވަނީ އެ ސަރަހައްދުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންގެ ގުރޫޕަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެގުރޫޕުގައި ހިމެނެނީ ހިންދޫންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ހަމަލާ ދިނުމާއެކު އިންޑިއާގެ ފުލުހުންނާއި މިލިޓަރީން ވަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށަައި ފޯރިމަރަން ފަށާފައެވެ.
ހަމަލާގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު، އެނބުރި އިންޑިއާއަށް ވަޑައިގެންފައެވެ.
ހަމަލާ ދިން ކަމަށް ބެލެވޭ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އިންޑިއާގެ އިދާރާތަކުން ވަނީ އެ ހަމަލާއަކީ ސީރިއަސް ޓެރަރިސްޓު ހަމަލާއެއްކަމަށް ކަނޑައަޅައި މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބޮލީވުޑް
އިންޑިއާ
އެމެރިކާ