ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ނިންމި ނިންމުމާ ގުޅިގެން އަދި ޓޫރިޒަމަށް ގެއްލުމެއްވަމުންނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖެ ބޮއިކޮޓް ކުރުން ގޮވާލުންފަދަ ކެމްޕޭންތަކެއް ކުރިއަށްނުދާ ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް މޮނީޓާ ކުރަމުން މި ދަނީ ކޮބައިތޯ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އުޅޭތޯ،" ތޯރިގު ވިދާޅުވިއެވެ.
"އެގޮތަށް ބަލަމުންދާއިރު މޭޖާ އިމްޕެކްޓެއް ނުވަތަ އަންނަ ފަތުރުވެރިން މަދުވެ އެކަހަލަ ކަމެއް ނެތް އަދިއެއް. ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅައި، ރާއްޖެ ނާންނަން ގޮވާލާ މާސްކޮށް އެނގިފައެއް ނެތް. އެކަމަކު އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ."
ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމުމުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރާއްޖެއަށް ތައުރީފު އަމާޒުވާ ގޮތަށް އެ ހަބަރު ގެނެސްދީފައި ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމީ މިމަހުގެ 15 ގައެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ.
މުހައްމަދު އިޝާން
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް