ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ފަދަ، ޑޭޓާބޭސްތަކުގައި ހުރި މައުލޫމާތުތައް އަންނަނީ ސިޔާސީ މަސައްކަތުގައި ބޭނުންކުރަމުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި، ޕީއެންސީއަށް މެންބަޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާ އިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅުތަކެއްތޯ އޮޅުންފިލުއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
"ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފައިވާ ކަމަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން އެސްޓެބްލިޝްކޮށްފައި އޮތް ފެކްޓެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ސަރުކާރު ހަވާލުވެގެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ޔަގީންވެ ފެނިފައި އެބަހުރި 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ޑޭޓާތައް ލީކުވެ، އެކިއެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުން ކުރަމުން އަންނަކަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން މިހާރު ވަރަށް ބައިވަރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސިސްޓަމްތެރޭގެ އެކްސެސް ލޮގްތަކާއި އޮޑިޓް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން