ދައުލަތުގެ ހަރަދުތައް ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މިހާތަނަށް އައި އިރު 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ދައުލަތުގެ ބަޖެޓް، 2.2 ބިލިއަން ރުފިޔާއިން އަރަނިކޮށްފިއެވެ
ފިނޭންސް މިނިސްޓްރީން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިކޮށްފައިވާ ކަމަށާއި ޖުމުލަ އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށްވުރެ ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ފިނޭންސުން ބުންޏެވެ.
މިމަހުގެ 17 ގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިތުހޯލްޑިން ޓެކްސްއިންނެވެ. ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީއެވެ. އެއީ 3.7 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނޭ މުހިންމު ބައިތައް:
- ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ: 3.7 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ)
- ގްރީން ޓެކްސް: 572.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިއަން ރުފިޔާ)
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިއަން ރުފިޔާ (މިދިޔަ އަހަރު 327 މިލިއަން ރުފިޔާ)
ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ހަރަދުތަކަށް ބަލާ އިރު، މިމަހުގެ 17 ގެ ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12.7 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ހަރަދުތަކުގެ ފާހަގަކޮށްލެވޭ ބައިތައް:
- މުސާރަ އާއި އެލަވެންސް އަދި ޕެންޝަން: 3.6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ)
- އިދާރީ ހަރަދުތަކަށް: 5.2 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިއަން ރުފިޔާ)
- ކެޕިޓަލް ހަރަދު: 743.1 މިލިއަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ)
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް