ދެ އަހަރު ދުވަހު ދެވަނަ ޑިވިޝަނުގައި ހޭދަކުރުމަށްފަހު ލީޑްސް އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.
ދެވަނަ ޑިވިޝަނުގައި ބާކީ ދެ މެޗު އޮއްވައި ރޭ ލީޑްސްއަށް ޕްރޮމޯޝަން ޔަގީންވީ، މި ހަފުތާ ލީގުގައި ކުޅުނު މެޗުގައި ސްޓޯކް ސިޓީ ކައިިރިން 6-0 އިން މޮޅުވެފައި އޮއްވައި، ތިންވަނައިގައި އޮތް ޝެފީލްޑް ޔުނައިޓް ދެވަނައިގައި އޮތް ބާންލީ އަތުން ބަލިވުމުންނެވެ.
މި ސީޒަނުގެ ދެވަނަ ޑިވިޝަން ކާމިޔާބުކުރުމަށް ވެސް ލީޑްސްއަށް ރަނގަޅު ފުރުސަތެއް އެބައޮތެވެ. އެގޮތުން ބާކީ އޮތް ދެ މެޗުގައި ބްރިސްޓަލް ސިޓީއާއި ޕްލައިމައުތު އާގައިލް ބަލިކޮށްފިނަމަ، އެޓީމަށް އަމިއްލަ ބާރުގައި ދެވަނަ ޑިވިޝަން ޔަގީން ކުރެވޭނެއެވެ.
މިދިޔަ ސީޒަނުގައިވެސް ލީޑްސް ޕްރޮމޯޓްވުމާ ގާތަށް ޖެހިލާފައިވެއެވެ. މިދިޔަ ސީޒަނުގެ ލީގުގައި ލީޑްސް ނިންމާލީ ތިންވަނައިގައެވެ. އެއީ 90 ޕޮއިންޓާއެކުގައެވެ.
އެފަހަރު ރަނގަޅު ފޯމެއްގައި ލީޑްސް ޕްލޭ އޮފްއަށް ދިޔަ ނަމަވެސް، ޕްލޭ އޮފްގައި އެޓީމު ބަލިވީ ސައުތުހެމްޓަން އަތުންނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ