ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބައިނަލްއަގުވަމީ ބޯޓުފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ހުއްޓާނުލާ ކަމަށާއި އެ ހިދުމަތުން ފައިދާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގައެވެ. އެ ހިދުމަތް ފަށާފައިވަނީ އުތުރުގައެވެ. ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިންއަކީ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށެވެ. އެއީ އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު ވިޔަފާރިއެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ. ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީ ކޮންމެ ދުވަހަކު މީޑިއާއާ ހިއްސާނުކުރެވުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މާލީ ހިސާބުތަކުން އެ އަދަދުތައް ފެންނަން ހުންނާނެ ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން ފެށީމާ މިއަދު ނަފާވެރިކަން އެބަ ލިބޭ،" ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތް ފަށާ ދުވަހު ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެންނާނެ ކަމަށް އެއްވެސް އިރަކު ނުދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އުތުރާއި އަޅުގަނޑުމެންގެ ރާއްޖެ ދެކުނުގެ މިއޮތް ދެ ކަނޑުއޮޅީގަ މި ހިނގާ ވިޔަފާރިއަށް ބަލާއިރުގަ އޭގެ ތެެރެއިން އެއް ޕަސަންޓަކީވެސް 400 މިލިއަނެއްހާ ޑޮލަރޭ އިނގޭތޯ. އެ ޓާގެޓަށޭ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އަޅުގަނޑު އެއްވެސް ހާލެއްގަ ކުރިންވެސް އަދި މިއަދުވެސް ނުދަންނަވަން ހަމަ ބަންކަރިން ހިދުމަތް ފަށާ ދުވަހު 400 މިލިއަން ޑޮލަރު ރާއްޖޭގެ މި ޖީޑީޕީގެ ތެރެއަށް ވެދެގެންދާނެ ކަމަށް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށާތަނުން 400 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭނެ ކަމަށްބުނެ އޭނާ ދެއްކެވި ވާހަކަ ބަޔަކު ވަނީ "ޓުވިސްޓު" ކޮށްފައި ކަމަށެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހަމަ ހިސް ދޮގު. ހުއްޠާނުލާކަމަށް ބުންޏަސް އެމަސައްކަތް ކުތާތަނެއް ނުފެނޭ. ކުރަރަންޏާ ފެންނާނެ. . މީ ގޭ ޖޮޓަރީގަ ސިއްރުން އޮވެގެން ކުރާ ޒާތުގެ ކަމެއއ ނޫން ދޯ!!!!
ޓަލަޕަޓިސް - 1 އަހަރު ކުރިން