ލިޓަސްއިން ނެގި ސައިކަލަކަށް، ފައިސާ ނުދައްކައިގެން ފެނަކައިގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރު ހ. ރުކުމާ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކައިފި ކަމަށް ސިިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހ. ދޮންއަންނާރުގެ މޫސާ ޝައްމޫން ގެރެންޓީ ދީގެން މަހުން މަހަށް ފައިސާދޭގޮތަށް އެއްބަސްވެގެން މުހައްމަދު އަބްދުލްކަރީމު ސައިކަލް ގެންދިއުމަށްފަހު ލިޓާސްއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި މިދިޔަ ޖޫންމަހު ސިވިލް ކޯޓުން ހުކުމްކުރީ ސައިކަލް ދޫކުރުމުގެ އެއްބަަސްވުމުގެ ދަށުން 31،431 ރުފިޔާއަކީ މުހައްމަދު އަބްދުލް ކަރީމް ދޭންޖެހޭ ފައިސާއެއްކަން ސަބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ލިޓަސްއިން ކުރަންޖެހުނު ހަރަދު ކަމަށްވާ، 8،000 ރުފިޔާއާއެކު ޖުމުލަ 39،431 ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ މިދިޔަ ފެބްރުއަރީ މަހު އަނެއްކާ އެ މައްސަލަ ސިވިލް ލޯޓަށް ހުށަހެޅިއެެވެ.
އެކަމާ ގުޅިގެން މިމަހު 17 ގައި މުހައްމަދު އަބްދުލް ކަރީމް ފައިސާ ދެއްކިކެވެ.
އެހެންކަމުން މި މައްސަލައިގައި ދައްކަންޖެހުނު ހުރިހާ ފައިސާ މިމަހުގެ 17 ގެ ނިޔަލަށް ދައްކާފައިވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް