ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ޖަރުމަން ބުންޑަސްލީގާގައި ލީގުގައި ކުޅުނު މެޗުގައި ހެއިޑެންހެއިމް ކައިރިން ތަފާތު މޮޅެއް ހޯދައިފިއެވެ.
ބަޔާނުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން ބަޔާނަށް ވަނީ 72 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަނަށް 29 މެޗުން 63 ޕޮއިންޓް ލިބިފައިވާ އިރު، ބަޔާން މިވަގުތު އޮތީ ނުވަ ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ބަޔާނުން ފެށީ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ކުރީކޮޅުގައި ބޮޑު ލީޑެއް ނަގައިފައެވެ. 36 ވަނަ މިނެޓާ ހަމައަށް ދިޔަ އިރު، ބަޔާން އޮތީ 3-0 ގެ ލީޑެއްގައެވެ.
ހެރީ ކޭން ބާޔަންގެ ފުރަތަމަ ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ އެޓީމުން އެންމެފަހުން ކުޅުނު ހަ މެޗުގައިވެސް ގޯލު ޖަހައިފައެވެ. އެއީ ކޭން މި ސީޒަނުގައި ޖެހި 24 ވަނަ ގޯލުވެސް މެއެވެ.
އޭގެފަހުން ކޮންޑްރަޑް ލައިމާއާއި ކިންގްސްލީ ކޯމަންގެ ގޯލުތަކުން ބަޔާނުން މެޗު ކޮންޓްރޯލް ނަގާފައިވާ އިރު، ހަތަރު ވަނަ ގޯލަކާއެކު ބަޔާނުން މޮޅު ޔަގީންކުރީ ޖޯޝުއާ ކިމިކް ޖެހި ގޯލުންނެވެ.
ބަޔާނަށް ލީގުގައި ބާކީ ދެން އޮތީ ހަތަރު މެޗެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ