ޖުމުލަ 8300 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށި އޯލެވެލް އިމްތިހާނުތަކުގައި ރާއްޖޭގެ ސްކޫލުތަކުން 8364 ދަރިވަރުން ބައިވެރިވާ އިރު، ރާއްޖޭގެ 260 ސެންޓަރެއްގައި އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ މާލެ ސަރަހައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރެކެވެ.
މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. އޯ ލެވެލްގެ އިމްތިހާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިއަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް މިއަދު ފެށުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވައި، ހެޔޮ އެދުންތައް ފާޅުކުރައްވައިފައެވެ.
މިނިސްޓަރުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަހަރުގެ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.
މުދައްރިސުން ދޭ އިރުޝާދުތަކާ އެއްގޮތަށް ފިލާވަޅުތައް ދަސްކުރުމަށާއި މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ