ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް) އަށް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އަރުވައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ޝައިހު އިސްމާއިލަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރުވެސް މެ އެވެ.
މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ކިޔަަވައި ނިންމެވި ފުރަތަމަ ދިވެހި ދަރިވަރު ޝައިހް އިސްމާއިލަށް އެ ޝަރަފު އަރުވަން ނިންމީ އިސްލާމީ އިލްމު ފެތުރުއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މިހާރު އުމުރުން 90 އަހަރު ވެފައިވާ ދ. މީދު އަށް އުފަން ޝައިހު އިސްމާއީލަކީ ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ބޭފުޅާ އެވެ. ނަމަވެސް އެ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާމެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަކި ހިސާބަކުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ވަޑައިގެންނެވެ.
އެ ފަހުން ޝައިހް އިސްމާއިލް ވަޒީފާ އަދާކުރެއްވީ ޖާމިއާ ސަލަފިއްޔާގަ އެވެ. އެ ވަޒީފާގައި ހުންނަވައިގެން ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން ޝައިހު އިސްމާއިލްގެ އެހީތެރިކަމާ އެކު އެތައް ސަތޭކަ ދިވެހިންނަކަށް ފުރުސަތު ހޯއްދަވައިދެއްވި އެވެ.
މުހައްމަދު ސިމާއު
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)