ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގައި ދިވެހި އަސްކަރިއްޔާއަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި އެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ފެށީ ރައީސް އޮފީސް ކުރިމަތީ ބޭއްވި ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން އެ ޕެރޭޑް ކުރިއަށް ގެންދިޔައިރު، ފަސް ސަަރަހައްދަކަށް މަޑުކޮށް ވަނީ އަސްކަރީ އެކި ހުށަހެޅުންތައް ހުށަހަޅައި ދީފައެވެ. އެ ޕެރޭޑް ނިންމާލާފައިވަނީ ކަޅުތުއްކަލާ ކޮއްޓަށެވެ.
އެ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ވަނީ ދައްކާލައިފައެވެ.
ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ތުރުކީން ވަނީ ދެ ޑްރޯނެއްވެސް ރާއްޖެ ގެނެސް ބޭނުންކުރަން ފަށައިފައެވެ.
ދާދި ފަހުން ތުރުކީން ވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއްވެސް ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފައެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް