ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ފެނުނު އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އެ ޒުވާނާ ފެނުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި އިއްޔެ ހެނދުނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ޓީމުގެ އެހީތެރިކަމާއެކު އެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ އޭނާއަށް މި ވަގުތު ފަރުވާދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ބުނީ އެކަމުގެ ތަހުގީގީ މައުލޫމާތު މިއަދު މެންދުރުފަހު މީޑިއާތަކަށް ހިއްސާކުރާނެ ކަމަށެވެ. އެ މީހާއަށް ލިބިފައިވާ ގެއްލުމުގެ މައުލޫމާތުތަކަކީ މީހެއްގެ ޒާތީ މައުލޫމާތު ކަމަށްވުމުން، ހިއްސާ ކުރެވެން ނެތް ކަމަށްވެސް ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް