މަޝްހޫރު ޓީވީ ތަރި ޝްރައްދާ އާރްޔާ "ކުމްކުމް ބާގްޔާ" ސީރީޒްގައި ބައިވެރިވާން ނިންމައިފިއެވެ. ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ މިކަން ކަށަވަރުކޮށްދީފައިވެއެވެ.
"ކުންޑަލީ ބާގްޔާ" ސީރީޒްގައި ޕްރީޓާގެ ދައުރު އަދާކުރުމުން މަޝްހޫރުވޫރުވެފައިވާ ޝްރައްދާ ބުނެފައިވާ ގޮތުގައި "ބާގްޔާ ޔުނިވަރސް" ގެ ބައިވެރިޔަކަށް ވާން އޭނާ ވަރަށް ބޮޑަށް ބޭނުންވެއެވެ. ނަމަވެސް އޭނާގެ ކެރެކްޓަރާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެއްމާބަނޑު ދެކުދީން ލިބުމާ ގުޅިގެން ޝްރައްދާ ވަނީ ޗުއްޓީއެއް ނަގައިފައެވެ. އޭނާގެ ކުދީންގެ ނަންތައް އިއުލާނުކޮށްފައިވަނީ މިމަހު 1 ގައެވެ.
ޝްރައްދާ ވަނީ 2021 ގެ ނޮވެމްބަރުގައި އިންޑިއާގެ ނޭވީ އޮފިސަރެއް ކަމަށްވާ ރާހުލް ނަގާލްއާ ކައިވެނިކޮށްފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ