މާލެ ކައިރީގައި ހިންގާ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފި ރިސޯޓު ކައިރިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކިނބޫ ހިފުމުގެ މަސައްކަތް ސިފައިން ކުރަމުންދިޔަ ނަމަވެސް އަދި ކިނބޫ ހިފިފައިނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އެ ކިނބޫ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށި މަތީގައި އޮންނަ މަންޒަރެވެ.
ރާއްޖޭގެ ރަށްރަށުގެ ފަޅުތެރެއިން ކިނބޫ ފެނުމަކީ މަދުން ނަމަވެސް ހިންގާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ފެނިގެން އޭތި ހިފައިފައިވެއެވެ.
ކިނބޫތައް ހިފުމަށްފަހު ރާއްޖެއަށް ދުރު ހިސާބުތަކަށް ދޫކޮށްލައެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް