15 ބަލިމީހުން މަރާލި ޖަރުމަނު ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޖަރުމަނުގެ އެ ޑޮކްޓަރުގެ މައްޗަށް 15 ބަލި މީހުން މަރާލި ކަމަށް ދައުވާ އުފުލާފައިވާއިރު އޭނާ އެމީހުން މަރަން ލީތަލް އިންޖެކްޝަން ބޭނުންކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަރުމަނުގެ ޕްރޮސިކިއުޓަރުން ވަނީ އުމުރުން 40 އަހަރުގެ އެމީހާ މަރާލި މީހުންގެ ހެކި ނައްތައިލުމަށް އެމީހުން ދިރިއުޅުނު ބައެއް ގެތައް ވެސް އަންދާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އެމީހާ މަރާލާފައިވަނީ 12 އަންހެނުންނާއި ތިން ފިރިހެނުން ކަމަށާއި އެމީހުން މަރާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރާއި 2024 ވަނަ އަހަރުގެ ޖުލައިމަހާ ދެމެދުގައި ކަމަށް ބުނެފައެވެ.
ޖަރުމަނުގެ ގާނޫނު ތަންނުދޭތީ އެމީހާގެ ނަން ހާމަކޮށްފައި ނުވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވެސް ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ