ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ މާލެ ހުކުރު މިސްކިިތުގެ އާބާތުރަފިލުމުގެ މަސައްކަތްތަކުގައި އިހުމާލުވުމުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް މިދިޔަ ސަރުކާރުން ފެށި މަސައްކަތް މި ސަރުކާރު އައުމާއެކު ހުއްޓިފައިވާ ކަމަށާއި އެ މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް އެތެރޭގައި ތަނބުތަކެއް ޖެހުމުގެ ސަބަބުން މިސްކިތް ހުރި ނުރައްކާތެރި ހާލަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ މާލޭ ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށެވެ. އެގޮތުން އެ މަސައްކަތް ޖޫން 2023ގެ ފަހުން ކޮށްފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރު އައިސް ހުކުރު މިސްކިތް ތެރޭގައި ޖެހި އެންމެ ތަނބެއްވެސް ނުހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އާދަމް ނަސީރު ވިދާޅުވީ، މި ސަރުކާރު އައިސް ހުކުރު މިސްކިތުގައި ކުރި މަސައްކަތް ބެލި އިރު، ކުރީގެ ސަރުކާރުން އެތަނުގައި ޖެހި ތަނބުތަކުގެ ސަބަބުންނާއި މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެތެރޭގެ މަސައްކަތް ކުރެވިފައި ހުރި ގޮތަށް ބަލާއިރު އަޅުގަނޑުމެން އަތުގައި ބައެއް މައުލޫމާތު އެބަހުރި، އޭގެ ތެރޭގައި ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތަން، ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައިހުރިތަން، ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް ކެމިކަލްގެ ސަބަބުން މުޅިންހެން ފޮހެވި ހަލާކުވެފައިވާތަން، އެހެންވީމަ މަސައްކަތް ކުރުމުގައި އިހުމާލުވެފައިވާތީ މިސްކިތުގެ އަސްލަށް ވަނީ ގެއްލުންވެފައި،" އާދަމް ނަސީރު ވިދާޅުވިއެވެ.
އޭނާ ވަނީ މިސްކިތައް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް މަޖިލިސް ތަޅުމުގައި ދައްކާލައިފައެވެ.
އިބްރާހިމް ޒަކީ
ކުރީގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
ކުރީގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
ކުރީގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
ކުރީގެ ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް