މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ، މާލޭ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ރޭ 11:58 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލީ ނޭޕާލް ފިރިހެނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.