ގޫގުލްއިން އެންޑްރޮއިޑް 15 އާއެކު ފޯނުތަކުގެ މެމޮރީއާ ގުޅޭ އާ ޝަރުތުތަކެއް ތައާރަފުކޮށްފިއެވެ.
މި ބަދަލާއެކު، ގޫގުލްގެ މޮބައިލް ހިދުމަތްތައް ބޭނުންކުރާ ފޯނުތަކުގެ އެންމެ ކުޑަ މެމޮރީ 16ޖީބީ އިން 32ޖީބީ އަށް އިތުރުކުރަން ޖެހޭނެ އެވެ. އަދި މީގެ 75 އިންސައްތަ ޑޭޓާ ޕާޓިޝަނަށް ކަނޑައަޅަން ޖެހޭނެއެވެ.
މީގެ އިތުރުން، އިމަޖެންސީ ކޯލް ކުރުމުގައި، ލޮކޭޝަން ހިއްސާކުރުމުގެ އޮޕްޝަން ދިނުމާއި، ވަލްކަން 1.3 އަދި އެއަށްވުރެ މަތީ ވާޝަންތަކަށް ސަޕޯޓް ކުރުން ހިމެނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ހާއްސަކޮށް އަގުހެޔޮ ފޯނުތަކުގެ ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ޓެކް ހަބަރުތައް ބުނެއެވެ.
ނަމަވެސް މިއީ ހަމައެކަނި ގޫގުލްގެ މޮބައިލް ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ހިދުމަތްތަކެކެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ