އިޓަލީ ލީގު ތާވަލުގެ ދެވަނައިގައި އޮތް ނަޕޯލީން ރޭ ކުޅުނު މެޗުގައި އެމްޕޯލީ ކައިރިން މޮޅުވެއްޖެއެވެ.
ނަޕޯލީން އަމިއްލަ ދަނޑުގައި ރޭ އެމްޕޯލީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު އެއްވަނައިގައި އޮތް އިންޓަ މިލާނާ ނަޕޯލީއާ ދެމެދު އަނެއްކާވެސް އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.
މިހާތަނަށް އިންޓައިން ލީގުގައި ކުޅުނު 32 މެޗުން 71 ޕޮއިންޓް ހޯދާފައިވާ އިރު، އެ ޓީމާއެކު ލީގަށް ވާދަކުރަމުންދާ ނަޕޯލީން ވަނީ 32 މެޗުން 68 ޕޮއިންޓް ހޯދައިފައެވެ. ލީގުގައި ބާކީ މަދު މެޗުތަކެއް އޮތްއިރު، މި ވަގުތު ދެ ޓީމަށްވެސް ކޮންމެ ތިން ޕޮއިންޓެއްވެސް މުހިންމެވެ.
ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ނަޕޯލީން ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ އުމުރުން 28 އަހަރުގެ ސްކޮޓް މެކްޓޮމިނޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ތިރީ ކަނަށް ވައްދާލި ގޯލެކެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
އޭގެފަހުން ދެން މެޗުގައި ގޯލެއް ފެނުނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ބެލްޖިއަމް ފޯވަޑް ލުކާކޫ، ސީޒަނުގައި ޖެހި 12 ވަނަ ގޯލާއެކު ނަޕޯލީއަށް ލީޑު ފުޅާކޮށްދިން އިރު، ލުކާކޫގެ ގޯލަށް ފަސް މިނެޓް ފަހުން މެކްޓޮމިނޭ ވަނީ އިތުރު ގޯލެއް ޖަހައި ނަޕޯލީއަށް މެޗު ޔަގީންކޮށްދީފައެވެ.
މެޗުގައި މެކްޓޮމިނޭއަށް ހެޓްރިކް ހަދަންވެސް ފުރުސަތު ލިބިގެން ދިޔައެވެ. ލުކާކޫ ޖައްސާލި ބޯޅައަކަށް ރަނގަޅަށް އަރައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ