އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އެ ގައުމުގެ ކުރީގެ ލޭބާ މިނިސްޓަރު ޓިއުލިޕް ސިއްދީގު ހައްޔަރުކުރަން ބަންގްލަދޭޝް އިން އަމުރެއް ނެރެފިއެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ޓިއުލިޕް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަމުގައި ޓިއުލިޕަށް ގާނޫނާއި ހިލާފަށް ބިމެއް ދިން މައްސަލައެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމު ދޫކޮށް ގައުމުދޫކޮށް ފިއްލަވާފައިވާ ޝެއިހް ހަސީނާއަކީ ޓިއުލިޕް ސިއްދީގުގެ ބޮޑުދައިތަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓިއުލިޕް ސިއްދީގުގެ އިތުރުން އެ ގައުމުގެ ކުރީ ސަރުކާރުގެ 50 އަށްވުރެ ގިނަ މީހުން ހައްޔަރުކުރުމަށް ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާއިން ވަނީ އަމުރު ނެރެފައެވެ.
މުހައްމަދު އައުޒަމް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް