ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީން ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިއްޔެ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ހދ. ހަނިމާދޫ/ އަބްދުލް މާނިއުއަށެވެ. އޭނާ ޕައިލެޓްކަން ކިޔަވަން ފެށީ މީގެ އެއް އަހަރު ކުރިންނެވެ.
ފޮރިން މިނިސްޓަރު އަބްދުالله ހަލީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާނިއުގެ ބައްޕައާ ފޯނުން ގުޅާ ދަރިވަރުގެ ހާލަތާ ގުޅޭ ގޮތުން މިއަދު ވާހަކަދައްކާފައިވާ ކަމަށެވެ. އަދި މާނިއުގެ މަންމައާއި ބޭބެ ފިލިޕީންސަށް މިހާރު ގޮސްފައިވާ ކަމަށާއި މާނިއުގެ ހާލު ރަނގަޅު ވަންނަ އަންނަ ކަމަށް އޭނާގެ ބައްޕަ ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލު އިތުރަށް ވިދާޅުވީ, ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައި މާނިއުގެ ހާލު ސާފުކުރި ކަމަށާއި ދަރިފުޅުގެ ހާލު ސަރުކާރުން އެހާ ގާތުން ބައްލަވާތީ އުފާ ކުރައްވާ ކަމަށް މާނިއުގެ ބައްޕަ ބުނި ކަމަށެވެ.
"ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން," ހަލީލު ވިދާޅުވިއެވެ.
މުހައްމަދު ސިމާއު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ